ރީރަޖިސްޓްރީ ކުރަން ޖެހޭނީ މީގެ ކުރިން ވޯޓުލާން ރަޖިސްޓްރީ ކުރި ތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމައެވެ. އޮންލައިންކޮށް ވެސް ރީރެޖިސްޓަރ ކުރެވެއެވެ.އެ ކޮމިޝަނުން މިއަދު ވިދާޅުވީ، ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 03:00 ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.އެހެންކަމުން ވޯޓުލާންދާންޖެހޭތަން ބަދަލުވާނަމަ މުއްދަތު ހަމަވުމުގެ ކުރިން ރީ-ރަޖިސްޓަރީ ކުރުމަށް ވަނި އެދިފައެވެ.މަޖިލީސް އިންތިހާބު މިހާރު ބާއްވަން ނިންމާފައި ވަނީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.އީސީން އެންމެ ފަހުން ހާމަކުރި ގޮތުގައި ރީ-ރަޖިސްޓްރޭޝަނަށް އެދި 5،202 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު 4،718 މީހުން މިހާރު ވަނީ ރަޖިސްޓްރީކޮށްދީފައެވެ. އަދި 484 އެޕްލިކޭޝަންއެއް ރިޖެކްޓު ކުރެވުނު ކަމަށް އީސީން ވިދާޅުވިއެވެ.އީސީން ކަނޑައަޅާފައިވާ ގޮތުން ވޯޓުފޮށި ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ރީ ރަޖިސްޓްރިވާ ގައުމުތަކުގައި އެކަންޏެވެ. އަދި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ 30 އަށްވުރެ ގިނަ އަދަދަކަށް ރީރަޖިސްޓްރީވާ ރިސޯޓުތަކުގައި އެކަންޏެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1