މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ފެބްރުއަރީ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކުރިން ހިމެނިފައިވާ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅާފައިވާއިރު، ފަހުން ގަވައިދަށް ގެނައި ބަދަލު ވެސް ގާނޫނުއަސާސީއާ ހިލާފު ކަމަށް މަޖިލީހުގެ ގާނޫނީ ބޭފުޅުން ލަފާދެއްވާފައިވާ ކަމަށެވެ.ފެބްރުއަރީ 19 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އުނިކޮށް، 242-1 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރި މާއްދާއިން ވެސް އަންނަނީ 49 ވަނަ މާއްދާއަށް ގެނައި އިސްލާހުން ނެރެދޭ ނަތީޖާކަން އަސްލަމް ފާހަގަކުރެއްވިއެވެ. އެހެންވެ، މަޖިލީހުގެ ޤަވައިދުގެ 242 ވަނަ މާއްދާގެ (1) ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާގޮތް ބަޔާންކޮށް މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހު ބާތިލުކޮށް އެ މާއްދާ އުނިކުރުމާ މެދު ގޮތެއް ނިންމުމަށް އެދި އަސްލަމް މިއަދު ވަނީ އެކަން ތަޅުމަށް ހުށަހަޅާފައެވެ.އެ ބަހުސްގައި ވާހަކަފުޅުދައްވަމުން ޖާބިރު ވިދާޅުވީ ސްޕްރީމް ކޯޓުން ނެރުނު ހުކުމަކީ ޤާނޫނުއަސާސީއާ އެއްގޮތަށް ނެރެފައިވާ ހުކުމެއް ކަމަށާއި އެ ހުކުމް މަޖިލީހުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އަދި އެއީ ސުޕްރީމް ކޯޓުން މިހާތަނަށް ނެރުނު އެންމެ ރަނގަޅު އެއް ނިންމުމުގެ ގޮތުގައި ވެސް ސިފަކުރެއްވިއެވެ.”ސާފުސީދާ ހުކުމެއް ސްޕްރީމް ކޯޓުން މިއޮތީ ނެރެފައި، އެ ހުކުމަށް ފުރިހަމައަށް މި މަޖިލީހުން ބޯލަނބައި ކިޔަމަންގަންނަންވާނެ. އެއީ މަޖިލީހުން ޤާނޫނު އަސާސީގައި ލިޔެފައި އޮތް ގޮތަށް ހުކުމުގައި އެ ނެރުނީމަ.” ޖާބިރު ވިދާޅުވިއެވެ.ޖާބިރު ވިދާޅުވީ ޤާނޫނުއަސާސީގެ އަކުރުން އަކުރަށް ބަޔާންކޮށްފައިވާ ފަދަ ހުކުމެއް މަޖިލިސް މެންބަރުން ބަލައިނުގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.”އެވަރުގެ ހިސާބު އިލްމު ނޭނގެންޏާ މަޖިލިސް މެންބަރަކަށް ވުމުގެ ބޭނުމެއް ނެތް.” ޖާބިރު ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1