ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު”ގައި އާންމުންގެ މީހަކު ރައީސްއާ ސުވާލުކުރީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތަކުގެ ކިތައް ޕަސެންޓް މިހާތަނަށް ފުއްދިއްޖެތޯ އެވެ.”ހަފުތާ 14″ގައި ވަނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 161 ވައުދެއް ފުއްދަން ހިމަނައިފަ އެވެ.”އޭގެ ތެރެއިން ހުރިހާ ވައުދެއްހެން މިހާރު ވަނީ ކަނޑައެޅި ޓާގެޓާ ހަމައަށް ފުއްދިފައި،” ރައީސް ވިދާޅުވި އެވެ.”ދެތިން ކަމެއް ގާތްގަނޑަކަށް ހަމަ ނިމުމަކާ ހަމައަށް ގޮސްފައި ވަނީ 161 ވައުދުގެ ތެރެއިން 155 އަށް ވުރެ ގިނަ ވައުދު ވަނީ ހަމަ އެއްކޮށް އެ ކަނޑައެޅި މިންވަރަށް ހާސިލްކުރެވިފައި.”
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1