ނައިފަރަށް ވަޑައިގެން އެ ރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓެނެވި ތަރައްގީ ހާސިލްވާ ގޮތަށް ކަންކަން ކުރުން ކަން އެމަނިކުފާނުގެ މެނިފެސްޓޯގައި ވާނެ ކަމަށެވެ. އަދި އެންމެ އުތުރުގެ ހަތަރު އަތޮޅު ހިމެނޭހެން އުތުރުގެ އިންޓަގްރޭޑެޓް ޑިވެލޮޕްމެންޓް ކޮންސެޕްޓުގައި ކުރިއެރުވުމާއި ދެކުނު ހަތަރު އަތޮޅު ހިމެނޭހެން ސަދަން ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީކުރުމާއެކު މެދު ރާއްޖެތެރެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 7 އާބަން ސެންޓަރެއް ތަރައްގީ ކުރައްވާނެކަން ވެސް އެމަނިކުފާނުގެ ޕްލޭންގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެއީ ކޮންމެ ރަށަކަށް ވެސް އެ ރަށަކަށް ބޭނުންވާ ކަންކަން ކޮށްދެމުންދާއިރު ދުރު ރާސްތާއާއި މެދު ރާސްތާއަށް ވިސްނާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފަންތީގެ ހުރިހާ ހިދުމަތެއް ދެމެހެއްޓެނެވި ގޮތުގައި ދެވޭނެ ގޮތަކީ އެއީ ކަމުގައި ވާތީ. އެގޮތަށް ސިޔާސަތު ކަނޑައަޅާ ރައްޔިތުން ބަލައިގަތީ.” ރައިސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ އެ ގޮތަށް ގާއިމްކުރެވޭ އާބަން ސެންޓަރުތަކުގައި އެންމެ މަތީ ފެންވަރުގައި އެ ރަށެއްގައި ތިބެގެން ކަންކަން ހާސިލްކުރެވޭ މިންވަރަށް ކަންކަން ގާއިމްކުރުން ކަމަށެވެ