ރައީސް ވިދާޅުވީ މައި ސަރުކާރުގެ ބަޖެޓުން ލިބޭ ކުޑައެތިކޮޅެއް ކައުންސިލުތަކަށް ދީގެން ކަންކަން ކުރާ އުސޫލު ބަދަލުކުރަންޖެހޭ ކަމަށެވެ.. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ މުޅި ރާއްޖޭއަށް ލިބޭ އާމްދަނީގެ ތެރެއިން ބައެއް ކައުންސިލުތަކަށްވެސް ޖަމާވާގޮތަށް ހެދުމަށްކަން ފާހަގަކުރެއްވިއެވެ. މިހާރު ލިބޭ ބްލޮކްގްރާންޓުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ ފަސް އިންސައްތައަކީ ވެސް އެކޮމިޓީން ހިންގާ ހަރަކާތްތައް ހިންގުމަށް އެކަނި ޚާއްސަކުރެވޭ ފައިސާކަމުގައި ކަނޑައެޅުއްވުމަށް މަސައްކަތްކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމަށް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ގުރައިދޫގެ ބިންހިއްކުމާއި އަދި އިތުރުކުރެވޭ ބިމުގައި ފެނާއި ނަރުދަމާ އަދި ކަރަންޓް ހިމެނޭހެން ހުރިހާ އަސާސީ ޚިދުމަތެއް ޤާއިމުކުރުމުގެ ކަންކަން ރައްޔިތުން އެދޭގޮތަށް ފުރިހަމަކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް އަމާޒުހިފާނީ ކައުންސިލުން އެދުނުގޮތަށް ގިނަ ކްލާސްރޫމްތަކާއި އަދި މަލްޓިޕަރޕަސް ހޯލްވެސް ހިމެނޭ އިމާރާތެއް ތަރައްޤީކޮށްދެއްވައިގެންކަމަށާ، ޞިއްހީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ރައްޔިތުން އެދޭފަދައިން ހަޤީޤީ މާނައިގައި ހޮސްޕިޓަލަކަށް އެތަން ބަދަލުކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1