އެމްޓީސީސީއަކީ ވަރަށް ރަނގަޅަށް ހިންގަމުން ދިޔަ ކުންފުންޏެއް ކަމަށް މިދިޔަ ސަރުކާރުން މިޑިއާއަށް ދެއްކި ނަމަވެސް ހަގީގަތް ވަރަށް ތަފާތުކަމަށް ވިދާޅުވިއެވެ. ކުންފުނި މާލީ ގޮތުން ބޮޑު އަދަވަޅެއްގައި އޮތް ކަމަށާއި ކުރީގެ މެނޭޖްމެންޓުން ކުންފުނީގެ ހަރުމުދާ ބެލެހެއްޓުމުގައި ވެސް އިހުމާލު ވެފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން އެމްޓީސީސީ ހިންގުމުގެ ހަރަދުތައް ބޮޑުވެފައިވާ ކަމަށެވެ. ” ކުރީގެ މެނޭޖްމަންޓުން ކަންތައްކޮށްފައި ހުރި ގޮތުން ބައެއް މަޝްރޫތައް ވަނީ މަޑުޖެހިފަ. އަޅުގަނޑުމެން މިހާރު މި ދަނީ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްކުރުމަށް ފިޔަވަޅުތައް އަޅަމުން. އަދި އޮޑިޓެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން. ކުންފުނީގެ ހާލަތު މިހާ ދަށްވެފައިވަނީ ކުރީ ސަރުކާރުން އެމްޓީސީސީ ސިޔާސީ މަންފާއަށް ބޭނުންކުރުމުން.” ޒިޔާދު ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1