ޗައިނާއާއި ރާއްޖޭގެ މެދުގައި އަސްކަރީ އެހީގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފއިވެއެވެ. ރާއްޖޭގެ ފަރާތުން ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނު އަދި ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ ޖެނަރަލް ޒަން ބެއެކުންއާ ސޮއިކުރެއްވި އެއްބަސްވުމަށް އިޝާރާތްކުރައްވައި ބައެއް ކަންކަން ރައީސްވަނީ ޖަލްސާގައި ވާހަކަދައްކަވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ޗައިނާއާއި ރާއްޖެއާ ދެމެދުގައި އޮންނަ އަސްކަރީ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި އިއްޔެ އަލަށް ވެފައިވާ އެއްބަސްވުމަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން ދިވެހި ސިފައިންގެ ޤާބިލިއްޔަތު އިތުރުކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. “ސިފަައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ހޯދުމަށާއި އަދި ނަން-ލީތަލް، ލީތަލް ނޫން އެކި ކަހަލަ އާލަތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް. މީގެ ސަބަބުން ދިފާއީ ބާރަށް ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެންދާނެ،” ރައީސް ވިދާޅުވިއެވެ