“ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އުމުރަށް ޖަލާލާފައި ތިބި މީހުން، އެއީ ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގަ އުމުރަށް ޖަލަށް ލާފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް އެބައިން ފާއިތުވި ފަސް އަހަރު ދުވަހު މާފު ދެވިފަ” މިނިސްޓަރ ވިދާޅުވިއެވެ.
އުމުރަށް މީހަކު ޖަލަށް ލެވެނީ ފުލުހުން ކުރާ ވަރަށް ބުރަ މަސައްކަތުން، އެމީހަކު އެކަން ކުރި ކަމުގެ ތަހުގީގެއް ނިމި، ޕްރޮސެކިއުޓް ކުރެވި، އެތައް ދުވަހެއް ކޯޓު މަރުހަލާގައި ހިނގަމުން ގޮސް، ޝަރީއަތުގެ މަޖިލީހުންކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެހާ ފަސޭހައިން އެކަމަށް މާފު ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި އެގޮތަށް ދޫކޮށްފައި ތިބި މީހުން ތަކުރާރުކޮށް އެފަދަ މައްސަލަތަކުގައި ފެންނަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1
1