“އަޅުގަނޑުމެން ޒަމާނުއްސުރެ އެމީހުން ގުޅޭނެ ބައެއް އިންނާނެ ކަމެއް ޖެހިއްޖެއްޔާ. ދެފަރާތުގެ ގުޅޭނެ މީހެއް އިންނާނެ. އެމީހާ އެދީފަ ނެތީމަ، އެގުޅާ ގުޅާ އެ ގުޅާ އެއްޗަކުން ފޯނެއް ނުނެގީމަ، އޭގެ ތެރޭގަ އެމީހުންނަށް އެހިސާބުގަނޑުގަ ޝައްކު ކުރެވޭ ކަހަލަ ކަންކަމެއް ހިނގާ ކަމަށް ދެކި، އެމީހުން އަރާ ބަލަން ބޭނުންވީ ދެން ކިހިންތެތޯ ހަދާނީ. އެއީ އެމީހުންގެވެސް ސަރަހައްދު އަހަރެމެންގެ ވެސް ސަރަހައްދު,” މާރިޔާ ވިދާޅުވިއެވެ.
މާރިޔާ މިފަދައިން ވިދާޅުވީކަމުގައި ވިޔަސް, ދިވެހިރާއްޖޭގެ ދިފާޢީ ބާރުން ވަނީ އިންޑިއާ ސިފައިން އެރި މަސްދޯނިތައް ހަރަކާތްތެރި ވެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން ކަށަވަރުކޮށްދެއްވާފައެވެ. މީގެ އިތުރުން މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމްވެސް ވަނީ އެކަން ޔަޤީންކޮށްދެއްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރ މީކާއީލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ, “ވެސަލް މޮނިޓަރިންގ ސިސްޓަމުން ބަލާއިރު ފާއިތުވި އެއްމަސް ދުވަހުގެ މޫވްމެންޓަށް ބަލާއިރު މި ދޯނިތަކުގެ ހަރަކާތްތައް މިހުރީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި” ކަމަށެވެ