ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިރަށަކީ ބިން ހުސްވެ، ފުރިފައިވާ ރަށެއް ކަމަަށާއި، މިރަށުގެ ބިން ބޮޑުކުރަން ފަޅުގައި މާބޮޑު ޖާގައެއް ނެތް ކަމަށެވެ. އަދި މިރަށުގައި ގާތްގަނޑަކަށް 8-10 ހިކްޓަރު މިރަށުގައި ހިއްކެން އޮތްއިރު، ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް މި އަހަރު ތެރޭގައި ހިއްކަ ދޭނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، މިހާރުގެ މަޖިލީސް އެއިރުގެ ޓްރާންސިޝަން މުއްދަތުގެ ތެރޭގައި މިހާރުގެ ސަރުކާރުން ބަޖެޓަށް ހުށަހެޅި ކަންކަން ހިމަނާފައެއް ނުވެއެވެ.
“އެހެން ނަމަވެސް އެބޭފުޅުން ބޭނުންވާ ކަންކަން އުނިކޮށް، ބަދަލުތައް ގެނެސް، ހިނގަމުންދިޔަ މަޝްރޫއުތައްވެސް އަޅުގަނޑު ވައުދުވެފައި ވާނެ ނިންމަ ދޭނެ ކަމަށް ހުރިހާ ރަށެއްގައިވެސް، ހިނގަމުންދާ މަޝްރޫއުތައް، ފެށިފައި ހުރި މަޝްރޫއުތަައް، ފެށިފައި ހުރި މަޝްރޫއުތައް ނިންމުމާއި ގާތަށްވެސް ފައިސާ ހަމަޖައްސާދީފައެއް،”. ރައީސް ވިދާޅުވިއެވެ.