ރައީސް މިފަދައިން ވިދާޅުވީ ރ.އަތޮޅަށާއި ބ.އަތޮޅަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރ.އަލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އަލިފުށީގައި އެމަނިކުފާނު ކެމްޕެއިނުގައި ދެއްކެވި ބައެއް ވާހަކަފުޅުތަކަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ އެ ރަށަށް ކޮށްދެއްވަން ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ މަތިން ހަނދުމަފުޅުނުނެތޭ ކަމަށެވެ. އެގޮތުން އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ހިނގަމުންދިޔަ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި، އެއާޕޯޓުގެ މަސައްކަތް އަވަހަށް ނިންމުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. އެ ވައުދުފުޅު ހާސިލުކޮށްދެއްވާނެ ކަމަށެވެ.
އޭގެ އިތުރަށް އެއާޕޯޓާއި ހޮސްޕިޓަލާއި އެ ރަށުގައި ޤާއިމުކުރައްވަން ރައީސް ވައުދުވެވަޑައިގެންނެވި ހޮސްޕިޓަލާއި، އެއާޕޯޓު ތަރައްޤީވާއިރު އެއާޕޯޓު އަޅަން ހިއްކާ ބިން އިތުރުކޮށް ޤާއިމުކުރާ ސިނާއީ ސަރަހައްދާއި، ކުނި މެނޭޖުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޝްރޫޢު ފަދަ ވައުދުތައް ފުއްދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.