އެ ކައުންސިލުން ބުނީ ބައްދަލުވުން އޮންނާނީ 29 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ ރޭ 08:30 ގައި ލޮނުޒިޔާރަތް ޕާކުގައި ކަމަށެވެ. އަދި ރައްޔިތުންނަށް ވަނީ މި ބައްދަލުވުމަށް ދައުވަތު ދީފައެވެ.
މިއީ މަޤާމަށް އިންތިކާބު ވެވަޑައިގެންނެވި ފަހުން މާލޭގެ ރައްޔިތުންނާއި މޭޔަރު ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއް ލިބޭ އެއްވެސް ކަމެއްގައި ސަރުކާރަށް ޒައްރެެއްގެ މިންވަރުވެސް އުނދަގުލެއް ވިޔަކަ ނުދޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 131 ވަނަ އާއްމު ޖަލްސާގައި އާޒިމް ވިދާޅުވީ، ގުޅީފަޅާއި ގިރާވަރު ފަޅާއި އުތުރުތިލަފަޅުގެ ބިން ހިއްކާ، ގުޅާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން އެއީ މާލޭގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1