ރައީސް ޑރ. މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.
ކުޅުދުއްފުށީގައި މިހާރު ވެސް ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަޝްރޫއު ކުރިއަށް އެބަދެއެވެ. 1،000 ހައުސިން ޔުނިޓާއި 400 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ ދެ މަޝްރޫއެވެ.
“އެ ދެ މަޝްރޫއާ އެކީގައި އަދި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދިއުން އަޅުގަނޑުމެންގެ ވިސްނުމަކީ މި އަހަރު ތެރޭގައި،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1