ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވަން ނިންމާފައިވާ ކަން ރައީސް އިއުލާނު ކުރެއްވީ ޑިސެމްބަރު 20 ވަނަ ދުވަހުގޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް އޮފީހުން މިރޭ ވިދާޅުވީ، މި ފޯރަމްގައި ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދެންނެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަަމަށެވެ.
ކަންގަތި އެވޯޑު” ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރަކީ ދެފުށް ފެންނަ ސަރުކާރަކަށް ހަދަން ބޭނުންވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން ދިވެހި ކޮންމެ ރައްޔިތަކަށް އެމަނިކުފާނާއި ސުވާލުކުރެވޭ ގޮތަށް އަދި އެ ރައްޔިތެއްގެ އުދާސްތަކާއި ހިޔާލުތަކާއި އުންމީދުތައް ސީދާ އެމަނިކުފާނަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓު ގައި ޕޯޓަލެއް ގާއިމު ކުރައްވާނެ ކަމަށާއި މި ޕޯޓަލް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.