ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު” ސެގްމަންޓްގެ ތެރެއިން ގއ. ގެމަނަފުށީ ސްކޫލް ޓީޗަރެއް ކަމުގައިވާ، މުޝްތަރީގޭ، މުޙައްމަދު ނާފިޒް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ސުވާލު ކުރީ އުމުރުން 55 ވެގެން ރިޓަޔާވާ ސިވިލް ސާވިސް މުވައްޒަފުންނަށް އެލަވަންސެއް ލިބެމުންދާނެ ގޮތެއް ނޯންނާތީ އެކަމާ ގުޅޭގޮތުންނެވެ.
ނާފިޒްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެލަވަންސް ތައާރަފުކުރުމުގެ އިދާރީ މަސައްކަތް ފަށާފައިވާ ކަމަށާއި ލީގަލް ޓީމުން އެޓާނީ ޖެނެރަލްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގާނޫނުގެ ތެރެއިން މި އެލަވަންސް ދެވޭނެ ގޮތަކަށް މަގުފަހި ކުރަންޖެހޭ ކަމަށާއި މަޖިލީހަށް ފޮނުވަންޖެހޭ އިސްލާހުތައް ވެސް ހުންނާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.