ގއ. ކޮލަމާފުށި ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ބަޖެޓްގައި ހިމެނިފައި އޮތީ ނަމަކަށް ކަމަށާއި އެ މަޝްރޫއުއަށް ބަޖެޓް ކަނޑައަޅާފައިވަނީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.
އެއްވެސް ވިސްނުމެއް ނެތި ބަޖެޓް ފާސްކޮށްފައިވީނަމަވެސް އާމްދަނީގެ ތެރެއިން ލިބޭ ފައިސާ ތަރުތީބުކޮށްގެން ފައްޓަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ރަނގަޅު މަޝްރޫއުއެއްގެ ގޮތުގައި އެ މަޝްރޫއު ފައްޓަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ނިންމި އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި އިންވެސްޓަރުން ގެނެސް، މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާ މަންޒަރު އެ ރަށުގެ ރައްޔިތުންނަށް ފެންނާނެ ކަމަށް ވިދާޅުވިއެވެ.