ސަރުކާރު ކުންފުނި މިފްކޯއަށް މަސް ކިރުވުމަށް ފަހު މި ސަރުކާރުން މިހާތަނަށް 400 މިލިއަނަށް ވުރެ ގިނަ ފައިސާ ވަނީ ދޫކޮށްފައެވެ. ނަމަވެސް އަދިވެސް ނުދައްކާހުރި 300 މިލިއަނެއްހާ ރުދިޔާ ހުރިއިރު އެ ފައިސާއަށް ޑިމާންޑުކޮށް މަސްވެރިންތަކެއް މީގެ ތިން ދުވަސް ކުރިން ގއ. ކޫއްޑޫގައި ވަނީ އިހުތިޖާޖެއް ފަށައިފައެވެ.
އެ އިހްތިޖާޖާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ އަންނަ ހޯމަ ދުވަހުގެ ކުރިން 100 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭނެ ކަމަށާއި ބާކީ ފައިސާ އަންނަ މަހުގެ ފަހެއްގެ ކުރިން ޖަމާކޮށްދޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް “ދިޔަރެސް”އަށް ވިދާޅުވެފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އޮޑިވެރިންނަށް ދޭން ސަރުކާރުން ބުނި 100 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މިއަދާއި މާދަމާ އެ ފައިސާ ދޫކުރާނެކަމަށެވެ.