ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވި އިރު، މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 51.1 ބިލިއަން ރުފިޔާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. އަމީރު ވިދާޅުވީ މިދިޔަ އަހަރު ދައުލަތުގެ ބޭރުގެ ދަރަނީގެ ތެރޭގައި ހިމެނެނީ ސީދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާ އާއި ދައުލަތުން ސޮވެރިންގް ގެރެންޓީ ދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ކަމަށެވެ.
“އެކަމަކު، އެ ބޭފުޅުން ވިދާޅުވަނީ ދަރަނި ނުދައްކައޭ، ރައްޔިތުންނަށް ފައިސާއެއް ނުދެއޭ. އެކަމަކު، މި ބޭފުޅޫން ނޫންތޯ ނުދީ މިދިޔައީ 9،000 މިލިއަން ރުފިޔާ (9 ބިލިއަން ރުފިޔާ) ރައްޔިތުންނާ ހަވާލުނުކޮށް، އަޅުގަނޑަކަށް ނުވިސްނޭ ރައްޔިތުން ކުރިމައްޗަށް ނުކުންނަ ސަބަބެއް މިކަހަލަ ކަންކަން ކުރައްވާފައި،” ރައީސް ވިދާޅުވިއެވެ.