މި ހެލްޕް ލައިން އިފްތިތާހު ކޮށްދީފައި ވަނީ އެކަމަށް ހާއްސަކޮށް ހެލްތު މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ހެލްޕް ލައިންއަށް ގުޅޭނެ ނަންބަރަކީ 1677 އެވެ.މި ހެލްޕް ލައިނާއި ގުޅިގެން ހެލްތު މިނިސްޓްރީ އިން ވިދާޅުވެފައިވަނީ މި ހެލްޕް ލައިންގެ އަމާޒަކީ ނަފްސާނީ ހާލަތެއް ނުވަތަ އުނދަގޫތައް ތަޙައްމަލުކުރަމުންދާ އެކި އުމުރުފުރައިގެ މީހުންނަށް ކޮންމެ ގަޑިއެއްގައިވެސް ގުޅާ އެހިދުމަތް ފޯރުކޮށްދިނުން ކަމަށާއި މި ހެލްޕް ލައިން އަކީ 24 ގަޑިއިރު ހިދުމަތް ދޭނެ ނަންބަރެއްކަމަށް ކަމަށެވެ. އަދި މިނަންބަރުން ނަފްސާނީ ސިއްހަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މައުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުސޫލުގެ ތެރެއިން ގުޅުން ހުރި ހިދުމަތްތަކަށް ރިފަރަލް ހެދިގެންދާނެކަމަށްވެސް އެ އިދާރާ އިން ބުނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
2
+1
+1
+1
+1