މިނިސްޓަރު ޝަފީއު ވިދާޅުވީ ކުރީ ސަރުކާރުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީގައި 120 މިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށެވެ. އެއީ 107 މަޝްރޫއެއް ކުރިއަށް ގެންދާ އެކިއެކި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.”އަޅުގަނޑުމެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތާ އެއްކޮށް މަނިކުފާނުގެ އިރުޝާދާ އެއްކޮށް ކޮންޓްރެކްޓަރުންނަށް 50 މިލިއަން ރުފިޔާ މިހާރު ވާނީ ޕޭކޮށްފަ. އަދި ހަމައާއެކު 43 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ވާހަކަވެސް މި ފުރުސަތުގައި ފާހަގަކޮށްލަން. އަޅުގަނޑު ގަބޫލުކުރަނީ ގައްދޫ މަލްޓިޕާޕަސް ހޯލުވެސް އަދި އެހެން ރަށްރަށުގައި ހުއްޓިފައިވާ އެންމެހާ ޕްރޮޖެކްޓުތަކެއް އިރާދަކުރެއްވިއްޔާ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދިނުމާއެކު ބާރު ސްޕީޑެއްގަ ކުރިއަށްދާނެ ކަމަށް” ޝަފީއު ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
1
+1
+1