މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބައެއް ސަރަހައްދުތަކަށް ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު 12:00 އިން ފެށިގެން ހަވީރު 17:00 ޖެހުމާ ހަމައަށެވެ.އެގޮތުން އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ދެކުނުގެ އެކި ހިސާބަށް ވިއްސާރަވެ، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
2
+1
+1
+1
+1