ގދ. އަތޮޅަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މާވަރުލު އެއާޕޯޓު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަން މި ސަރުކާރުން ކޮށްދޭނެ ކަމަށެވެ.”އެއާޕޯޓާ މި ރަށާ އެއްގަމުން ގުޅާލަދޭނެ ވާހަކަ ދަންނަވަން. އެކަން ކުރުމަށްޓަކައި ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ ވަގުތުކޮޅެއް ނަގާފާނެ. ނަމަވެސް އެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނަން.” އަންނަ އަހަރު ދެ ރަށް ގުޅާލުމުގެ މަސައްކަތް ފައްޓަވާނެ ކަން އިއުލާން ކުރައްވައި ރައީސް ވިދާޅުވިއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
1
+1
+1
+1