ގދ. އަތޮޅަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މާވަރުލު އެއާޕޯޓު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަން މި ސަރުކާރުން ކޮށްދޭނެ ކަމަށެވެ.
“އެ އެއާޕޯޓާއި [މާވަރުލު] މި ރަށާ [ގައްދޫ] އެއްގަމުން ގުޅާލެވޭނެ. އެކަން ކުރަން ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ، އެކަމަކު އެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނަން،” ރައީސް ވިދާޅުވި އެވެ
މި ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ބިން ހިއްކައި ދެއްވާނެ ކަމަށާއި އެކަމަކު އެކަން މި އަހަރުގެ ބަޖެޓުގައި ހިމެނިފައި އަދި ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކު، އެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1