މަސްވެރިންނަށް މިހާތަނަށް ނުލިބި ހުރި ފައިސާ އަންނަ މާޗު މަހުގެ 5ގެ ކުރިން ޚަލާސް ކުރާނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އަދި ނިމިދިޔަ ވެރިކަމުގައި މަސްވެރިންނަށް ނުދީ ހުރި ފައިސާ މި ސަރުކާރުން ދޭނެ ކަމަށާއި، ވެރިކަމާ ހަވާލުވުމަށްފަހު 200 އަށްވުރެ ގިނަ މަސްވެރިންނަށް ފައިސާ މިހާރު ދޫކުރެވިފައިވާ ކަަމަށެވެ.
” އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު 200 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ދޭން އޮތް. އެފައިސާއާ އެކީގައި މިއަދު އަޅުގަނޑުމެން ދުވަސްތައް ގުނާއިރުގަ 310 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން އެބައޮތް. އެހެން ނަމަވެސް މިފަހުން އަގު މުރާޖާ އަޅުގަނޑުމެންގެ ސަރުކާރުން ކުރި އިރުގަ އަޅުގަނޑުމެން ނިންމިން މުރާޖާ ކުރެވުނު ދުވަހުން ފެށިގެން ހަފްތާއިން ހަފްތާއިން އެފައިސާ މިފްކޯއިން ދެވޭނެ އިންތިޒާމަކާ އެކީގަ މުރާޖާކުރެވޭތޯ. އެހެންކަމުން ބެކްލޮގްގެ ގޮތުގަ މުރާޖާކުރުމަށްފަހު މިވަގުތު މަސްވެރިންނަށް ދޭން މީނީ ކުރީގަ ނުދެވި ހުރި ފައިސާ، 280 މިލިއަން ރުފިޔާ. 280 މިލިއަން ރުފިޔާ އަޅުގަނޑުމެން އެއްކޮށް ޚަލާސް ކުރާނަން ސަރުކާރުގެ އަމާޒަކީ 5 މާޗުގެ ކުރިން ދައްކާ އެއްކޮށް ޚަލާސްކުރުން.”