ހައި ކޯޓުން މިއަދު ވިދާޅުވި ގޮތުގައި، އެ ކޯޓުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް، ހާއްސަ މަސައްކަތްތަކެއް ކުރަން ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ.
އެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި އިސްކަން ދޭނީ 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމަން ކަމަށް އެ ކޯޓުން ވިދާޅުވިއެވެ.
އެ މައްސަލަތައް ނިންމަން ކޮންމެ ދުވަހަކު ވެސް ރަސްމީގަޑީގެ ފަހުން 2:30 ގައި ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމަށް ހާއްސަ ސްލޮޓްތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް ހައި ކޯޓުން ފާހަގަ ކުރިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1