އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޭދޫ އަދި ހިތަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސިޓީގައި ވަރަށް ގިނަ މަސައްކަތްތައް ފެށިފައި ހުއްޓިފައިވެސް އެބަ ހުރި ކަމަށެވެ. ގޯސްކޮށް ކުރެވިފައިވެސް އެބަ ހުރި ކަމަށް ވިދާޅުވިއެެވެ.
“މިސާލަކަށް މަގު ހެދުމުގެ މަސަައްކަތް، މުޅި ސިޓީއަށް ބަލައިފިއްޔާ އަލުން ބަލުން ކުރަން ޖެހިފައި އޮތް މަސައްކަތަކަށް ވެފައި މި އޮތީ،”،. ރައީސް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ނިންމާފައި އޮތީ 119 ކިލޯމީޓަރުގެ މަގު އައްޑޫގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާށެވެ. އައްޑޫގައި ފެން ހިންދުމުގެ ނިޒާމް ގާއިމްކޮށް މަގު ހެދުމުގެ މަސައްކަތް 1.1 ބިލިއަން ރުފިޔާ އަށް ކުރީ ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗާއާއެވެ.