ދައުރުގެ ފަހުކޮޅަށް މަޑުކޮށްފައި ތަރައްގީގެ މަސައްކަތްތައް ފަށަން މަޑު ކުރުމަކީ ޒިންމާދާރު ގޮތެއް ކަމަަށް ނުފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސީޓިގެ ތަރައްގީއަށްޓަކައި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ބްރިޖްގެ ޑިޒައިން ފީސިބިލިޓީގެ މަސައްކަތް ހިލޭ އެހީގައި ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިމިގެން ކުރެވޭ ބްރިޖްގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެން ދާނެ ކަަމަށްވެސް ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1