އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި އައްޑޫ ސިޓީގައި ސަރުކާރުން ހިންގަން ފަށާފައިވާ އަދި, ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނުވެ. އަދި މިގެ އިތުރުން މަސައްކަތް ހަވާލުކުރެވިފައިވާ ހިތަދޫ ބްރިޖް މަޝްރޫޢުގެ މަޢުލޫމާތު އައްޑޫ ކައުންސިލާއި ހިއްސާކުރެވުނެވެ.
މިބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން އައްޑޫއަށް މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން ހިއްސާ ކުރެވުނެވެ. އަދި އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ކައުންސިލުން ގެންގުޅޭ ތަސައްވަރާއި ސަރުކާރުން ބޭނުންވާ އެހީތެރިކަން ރައީސްގެ އަރިހުގައި ކައުންސިލަރުން ދެންނެވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
1
+1
+1
+1
+1