އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގާފައިވާ ތަހުގީގަކާ ގުޅިގެން އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ހިއްސާކުރި ސިއްރު ލިޔެކިޔުންތަކެއް ކުރީ ސަރުކާރުގެ ވެރިންނާ ހިއްސާކުރުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ.
ކުރީ ސަރުކާރުން ހިންގި “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ފުލެޓުތައް ދޫކުރި ގޮތާ ގުޅިގެން އާންމުން އޭސީސީއަށް ހުށަހަޅާފައިވާ ޝަކުވާތައް އެ ކޮމިޝަނުންވަނީ ތަހުގީގުކޮށްފައެވެ. އެ ކޮމިޝަނުން ކުރި ތަހުގީގުގައި ފުލެޓު ދޫކުރުމުގައި އަމަލުކުރި ގޮތް ދެނެގަތުމަށް ފުލެޓު ލިބުނު 4،000 މީހުންގެ ފޯމުތައް ދިރާސާކޮށްފައިވެއެވެ. އެ ފޯމުތައް ކޮމިޝަނުން ދިރާސާކުރި ފުލެޓު ދޫކުރުމަށް އެއިރުގެ ސަރުކާރުން އެކުލަވައިލި ގެދޮރުވެރިޔާ އުސޫލުގެ އަލީގައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1