ރައީސް ދަތުރުކުރެއްވި ފުލައިޓުން ފާބައިވަޑައިގެން، އައްޑޫ ގަން ބައިނަލްއަޤުވާމީ ވައިގެ ބަދަރުން ނުކުމެވަޑައިގެންނެވުނީ މެންދުރު 12:00 ގެ ފަހުންނެވެ. އެއިރު ވަރަށް އަވިގަދަވެފައި ހޫނެވެ. އެ ހޫނުގައި ގިނަ އަދަދެއްގެ އައްޑޫ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ސަރަހައްދުގައި ތިއްބެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަތޮޅު ތެރެއަށް ރައީސް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅު ކުރެއްވީ ކޮޅުމަޑުލަށެވެ. އެއީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ފަދައިން އެ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ރަށްކަމަށްވާ ތ.ގުރައިދޫން އަތޮޅު ތެރޭގެ ދަތުރުފުޅުތައް ފެއްޓެވުމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
1
+1
+1
+1
+1