މަސްވެރިން ކިރި މަހަށް ފައިސާ ނުދޭ މައްސަލައިގައި ގއ. ކޫއްޑުގައި މުޒާހަރާ ކުރަމުންދާ މަސްވެރިންނާ ބައްދަލު ކުރެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކޫއްޑޫ އަށް ދަތުރު ކުރެއްވުމަށް ނިންމަވައިފިއެވެ.
މަސްވެރިން ކިރި މަހަށް ފައިސާ ނުލިބޭ ކަމަށް ބުނެ މިއަދު ހެނދުނުން ފެށިގެން މަސްވެރިން ދަނީ ކޫއްޑުގައި މުޒާހަރާ ކުރަމުންނެވެ.
އަދި މަސްވެރިންނަށް ނުދީ ހުރި 280 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދީ ނިންމާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1