އެ ވުޒާރާއިންމިގޮތަށް ވިދާޅުވެފައި ވަނީ ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައިތް ކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. ރާއްޖެ ބަނގުރޫޓުވެދާނެތީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައި ވެއެވެ.
އެކަމާއި ގުޅިގެން އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުޅުވެފައި ވަނީ ދިވެހި އިގްދިސާތައް ގެއްލުންދިނުމަށާއި އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ދޮގު ހަބަރުތައް ފެތުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމަށް ނޫން ކަމަށެވެ. އަދި މި ފަދަ އަމަލުތައް ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އަދި ރައީސް މުއިއްޒު ވެރިކަމާއި ހަވާލު ވެވަޑައިގެން 91 ދުވަސް ވީއިރު އެއްވެސް ދަރަންޏެއް ނުނަންގަވައެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
1
+1
+1
+1
+1