އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގެ ސްކައުޓް ޖަމްބަރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ދިވެހި ސްކައުޓުންނަކީ އަބަދުވެސް ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރީ ސަފުތަކުގައި ހަރަކާތްތެރިވާ ބައެއްކަމަށެވެ. އަދި ދިވެހި ސްކައުޓުންނަކީ ކަންކަން ކުރަން ކެރޭ މުރާލި ބައެއްކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
ނަމާދުގެ މުހިއްމުކަމާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ގަޑިން ގަޑިއަށް ނަމާދު އަދާކުރުމުގައި ދެމިތިބެންވާނެކަމަށެވެ. އަދި، ދިމާވާ މީހުނަށް އިހުތިރާމްކުރާ ބަޔަކަށް ސްކައުޓުން ވާންވާނެކަމަކަށްވެސް ވިދާޅުވެފައިވެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1