މި އަހަރުގެ މަޖިލިސް އިންތިހާބުގައި 130 ކެންޑިޑޭޓުންނާ އެކު އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށެވެ.
ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 90 ކެނޑިޑޭޓުންނާއި އެކު އެމްޑީޕީން ނުކުންނައިރު
ކޮންގުރެސް ޕާޓީގެ ފަރާތުން 89 ކެންޑީޑޭޓުން ވަނީ ކުރިމަތި ލާފައިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
1
+1
+1
+1
+1