ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް، މުޙައްމަދު އަލްސަން އަޙްމަދު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅައިފިއެވެ. . އަލްސަން ވަނީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ދެމިހުރެ މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދާއިރާގެ ރައްޔިތުންނަށް އަރުވާފައިއެވެ.
އަލްސަން އަކީ ތިނަދޫއަށް ފަރިތަ، ތިނަދޫގައި އުޅެ ބޮޑުވެފައިވާ ތިނަދޫ ދެކެ ލޯބިވާ ޒުވާނެކެވެ. އަލްސަން އަކީ ތިނަދޫގެ މަޝްހޫރު ކެޔޮޅު އާއިލާ އަދި ކަށްބޮލި އާއިލާއަށް ނިސްބަތްވާ، އަދި ތަޢުލީމީ ގާބިލުކަން ހުރި، އެކި އެކި މަގާމުތަކުގައި މަސައްކަތް ކޮށް ނަތީޖާ ދައްކުވައިދީފައި ހުރި ކުޅަދާނަ ޒުވާނެކެވެ.
އަލްސަން އަމިއްލަ ގޮތުން ކުރިމަތިލާން ނިންމާފައިވަނީ ވަކި ޕާޓީ އެއްގެ އެންގުމަށް އަޅުވެތިނުވެ މިނިވަން ކަމާއި އެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
10
+1
2
+1
7
+1
+1