ރާޢްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން ހިންގާ އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ފުރަތަބުރު ނިންމާލައިފިއެވެ. އެގޮތުން، އިމާމުން ތަމްރީނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާކަމެކެވެ.
އެ މަޝްރޫއުގެ ދަށުން ގއ. އަތޮޅާއި ގދ. އަތޮޅުގެ 17 ރަށަކުން ޖުމްލަ 77 ބައިވެރިން މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ފުރަތަބުރު ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 64 ބައިވެރިންކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
އަދި ރާއްޖެ އިން ބޭރަށް އިތުރު ތަމްރީނަށް ފުރާ އިމާމުންނާ އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. ޝަހީމް ވަނީ މިއަދު ބައްދަލު ކުރައްވާފައިއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1