އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މާޗުމަހުގެ 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވައި ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ގުރުއަތު ނެގުން އޮންނާނީ މާދަމާ 14:30 އިން ފެށިގެން 18:30 އާ ދެމެދު އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައެވެ.
އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަށާއި ކެންޑިޑޭޓަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުމަށް އީސީއިން ވަނީ އެދިފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1