އެމްޑީޕީ އެކްޓިވިސްޓެއް ކަމުގައިވާ ހުމައިދާ އަބްދުލްޤަފޫރު, ގުޅީފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާކަމަށްބުނެ, ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގައި ހައިކޯޓުން ވަނީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެފައެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ސުޕްރީމްކޯޓުގައި, ހައިކޯޓުގެ އަމުރު އިސްތިއުނާފް ކުރުމުން އެކޯޓުން ވަނީ ހައިކޯޓުގެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް އަމުރެއް ނެރެފައެވެ.
ސުޕްރީމްކޯޓުގެ މިއަމުރުގެ ސަބަބުން ގުޅިފަޅުގެ ހިއްކުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް އެޅިފައި އޮތް ހުރަސްތައް ނެތުނީއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
2
+1
+1
3
+1
1
+1