މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ވައިޓް އެލާޓް ނެރެފައިވަނީ މެދު ރާއްޖެތެރޭ ރަށްތަކަށެވެ. އެގޮތުން މިހާރު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރާގައި މެދުރާއްޖެ ތެރޭގއަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން މިއަދު ބ. އަތޮޅުން ފެށިގެން ތ. އަތޮޅު ދެމެދުގައިވާ ރަށްތަކަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 14:30އިން ފެށިގެން މިރޭ 20:30 އާ ހަމައަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1