ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދުބާއީއަށް ވަޑައިގެންނެވީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައިއެވެ.
ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ރައީސް ދެއްވި ތަގުރީރުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މުހިންމު ތަސައްވުރު އިއުލާން ކުރައްވައިފިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
1
+1
+1
+1
+1