ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމަށް ސުންގަޑި ހަމަވިއިރު އިލެކްޝަންސް ކޮމިޝަން، (އީސީ)އަށް 381 ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.
އީސީން ވަނީ ފޯމު ބަލައިގަތުމުގެ ވަގުތު، އިތުރު ނުކުރަން ނިންމާފައެވެ.
މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު، އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑްގެ ދެ ފުށުގެ ސާފު ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހޭނެއެވެ.
މަޖިލީސް އިންތިހާބު ބާއްވަން އިސީން ނިންމާފައި ވަނީ މާރިޗް 17 ވަނަ ދުވަހެެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
2
+1
+1
+1
+1