ކެންސަރ ހޮސްޕިޓަލުގެ ފީސިބިލިޓީ އަދި ކޮންސަލްޓޭޝަން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަކީ, ރާއްޖޭގައި މިހާރު ދެވޭ ކެންސަރު ބަލީގެ ފަރުވާ މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ދޭންފެށުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ މާލެ ސަރަޙައްދުގައި އަޅާ ކެންސަރ ހޮސްޕިޓަލްގައި ބަލިމީހާއާއި ގުޅުންހުރި ހުރިހާ ފަރުވާތަކާއި ޚިދުމަތްތައް ޤާއިމުކުރެވޭނެކަމަށެވެ.
މިގޮތުން ޑޮކްޓަރުންގެ ޚިދުމަތާއި، ކީމޯއާއި އެމީހުން ހަދަންޖެހޭ އެކި ކަހަލަ ޓެސްޓުހެދުމާއި ތެރަޕީތައް ނެގުމުގެ ޚިދުމަތް ޤާއިމުކުރައްވާނެކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1