އައްޑޫގެ އެ ސްޓޭޑިއަމަކީ އެއްވެސް މިންވަރަކަށް މަރާމާތުނުކުރާތާ 10 ވަރަކަށް އަހަރުވެފައިވާ ސްޓޭޑިއަމެއް ކަމަށް އައްޑޫ ސިޓީގައި އޮތް ކުޅިވަރު މުބާރާތެއް އިފުތިތާހުކުރުމުގެ ހަފުލާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވިއެވެ.
“މި ސްޓޭޑިއަމަކީ ގާތްގަނޑަކަށް 10 އަހަރުވަންދެން އެއްވެސް މަރާމާތެއް ނުކުރެވި، ދަވާދުކޮޅެއްވެސް ކާއްތައިނުލެވި އޮތް ތަނެއް،” ނިޒާރު ވިދާޅުވިއެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވީ ނިމުނު ސަރުކާރުގައި މި ސްޓޭޑިއަމަކީ އައްޑޫގެ އަގުބޮޑު މުދަލެއްކަމަށްވާތީ އެ ސްޓޭޑިއަމް ވީރާނާވުމަށް ދޫނުކޮށް މަރާމާތުކޮށްދިނުމަށް އާދޭސްކުރި ނަމަވެސް އެ ސަރުކާރުގެ ދައުރު ނިމިގެންދިޔައީ އެ ސްޓޭޑިއަމް މަރާމާތުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވިކަމަށް އޭނާ ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
1
+1
+1
+1
+1