އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ ގޮތުގައި ފޯމް ބަލައިގަންނާނީ މެންދުރުފަހު 2:00 އާއި ހަމައަށް ދަރުބާރުގޭގައި ހުންނަ ރަންނަބަނޑޭރި މާލަމުގައެވެ. އަދި ފޯމު ބަލައިގަތުމުގެ ވަގުތު، އިލެކްޝަންސް ކޮމިޝަނުން، އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
295 ކެނޑިޑޭޓުން އިއްޔެގެ ނިޔަލަށް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި އިރު, ފޯމުތަކާއި މަޢުލޫމާތުގެ ސައްޚަކަން ކަށަވަރުކޮށް މިރޭގެ ނިޔަލަށް ހުށަހެޅުންތަކަށް، އިލެކްޝަންސް ކޮމިޝަނުން ޖަވާބު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1