ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓް ބަހައްޓައި ދިނުމަކީ މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފައިވާ ކަން ރައީސް ވަނީ މިދިޔަ މަހު ބޭއްވި މާލެ ސިޓީ މޭޔަރު އިންތިހާބުގެ ކެމްޕެއިންގައި އިއުލާން ވެސް ކުރައްވާފަ އެވެ.
އެ މަޝްރޫއާ ބެހޭ މައުލޫމާތު ހިމެނޭ ބޯޑެއް ހިޔާ ފްލެޓުތަކުގެ ލޮބީ ސަރަހައްދުގައި ވަނީ ހަރުކޮށްފަ އެވެ.
އޭގައި ވާގޮތުން އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1