ބަނގުރަލަކީ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ލީޓަރަކަށް 15 ރުފިޔާ ޑިއުޓީ ނެގޭ ބާވަތެއްކަން މޯލްޑިވްސް ކަސްޓަމްސްއިން ކަށަވަރުކޮށްދީފިއެވެ.
މިހާރު މީސް މީޑިއާގައި ދަނީ ޒަމްޒަމް ފެނުން %15 އިމްޕޯޓް ޓެކްސް ނަގާއިރު، ބިއަރު އިމްޕޯޓް ޑިއުޓީ ފްރީ 0% ކަމަށް ބުނާ ޕޯސްޓެއް ދައުރުވަމުންނެވެ.
އެކަމާ ގުޅިގެން ކަސްޓަމްސްއިން ވިދާޅުވީ، ދައުރުވަމުންދާ ސްކްރީންޝޮޓް އަކީ ކަސްޓަމްސް ވެބްސައިޓް ސަރޗް ރިޒަލްޓްގެ އެއްބައި ހިމަނައި، ގަސްތުގައި ރައްޔިތުންނަށް އޮޅުން އަރާގޮތަށް، ބޭނުންކޮށްފައިވާ ފޮޓޯއެއް ކަަމަށެވެ.
“އަދި ކަސްޓަމްސް ވެބްސައިޓްގައި އާންމުކޮށްފައިވާ ޑިއުޓީ ރޭޓްތަކުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުންއަރާގޮތަށް މީސް މީޑިޔާ ފަދަ މަންސަތަކުގައި ހިއްސާ ނުކުރެއްވުމަށް އިލްތިމާސްކުރަން”، ކަސްޓަމްސް އިން ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1