ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި ހައިދަރު މިއަދު ވިދާޅުވީ އޭސީސީން ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 މީހުން ކަމަށެވެ.
އެ ލިސްޓުގައި ހުރީ އެ މީހުންގެ ފޯމު ނަންބަރުތައް އެކަނި ކަމަށާއި އޭސީސީން މިނިސްޓްރީއަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އަދި ނުދޭތީ އެ ލިސްޓާ ގުޅޭ އިތުރު ތަފުސީލް އަދި އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިހާރު އޮތީ އޭސީސީއަށް އެކަނި ކަމަށެވެ. އެ ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ލިބުމާ އެކު ޝަރުތު ހަމަވާ ކަމަށް އެ ކޮމިޝަނުން ކަނޑައެޅި މީހުންގެ މައުލޫމާތު މިނިސްޓްރީން ވެރިފައި ކުރުމަށް ފަހު ފްލެޓް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1