މިއަދު ހެނދުނު 10:30 އެހާކަންހާއިރު އޭސީ މަސައްކަތް ކުރަން އުޅެނިކޮށް އިމާރާތެއްގެ ނުވަވަނަ ބުރިން ސިޑި ގޮޅިން ވެއްޓުނީ 20 އަހަރުގެ އިންޑިއާ ރައްޔިތެކެވެ. އެނގިފައިވާ ގޮތުގައި އޭނާ ނުވަވަނަ ބުރިން ވެއްޓި ޖެހުނީ ބިންމަތީގަ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށް އެނގިފައިވާއިރު، އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އޭނާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 1:40 ހާއިރު ވަނީނިޔާވެފައިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1