ރައީސުލްޖުމްހޫރިއްޔާ ނައިބުރައީސް ވަކިކުރުން ފަސޭހަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ރައީސާއި ނައިބުރައީސް މަޤާމުން ވަކިކުރުމަށް ނަގާ ވޯޓު ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ އެއްބައި މީހުންގެ ވޯޓުން ކަމަށެވެ.އެމްޑީޕީން ރައީސް އަޒުލު ކުރަންވީ އެއްވެސް ސަބަބެއް ބުނެފައި ނުވާއިރު އެމްޑީޕީ ގްރޫޕް އިން ވަނީ ކޮންމެގޮތަކަށްވެސް ރައީސް އަޒުލު ކުރަން ނިންމާފައިއެވެ. އަދި ގިނަ އެމްޑީޕީ މެމްބަރުން ބުނަނީ ރައީސް އަކަށް ހުންނަން ޖެހޭނީ އަސްލަމް ކަމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1