މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1
ޕީ.އެމް.އައި މެލޭޝިޔާގެ ފަރާތުން އިންތިޒާމުކޮށްގެން، ބޭއްވި “ޕްރިޒަމް އެންޑް އިގްނައިޓް 2026” ކޮންފަރެންސްގައި އެމްޓީސީސީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގެންފިއެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދިޔައި މި އޮކްޓޫބަރު މަހުގެ 12 އިން 13 އަށް ކުއާލަލަމްޕޫރުގައެވެ.
މި ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެ ކުންފުނީގެ ޗެއާޕާސަން އަލްފާޟިލާ ސާޢަދާ އިބްރާހީމާއި، ސީނިއާ ޖެނެރަލް މެނޭޖަރު އަލްފާޟިލް އުމަރު ޒާހިރާއި، ޖެނެރަލް މެނޭޖަރު އަލްފާޟިލް އިބްރާހީމް ޙަސަންގެ އިތުރުން ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ޒޯން މެނޭޖަރުންނެވެ.
މި ބައްދަލުވުމަކީ، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤްވާމީ މާހިރުންނާއި، ސިނާއީ އިސްވެރިން އަދި އީޖާދީ ވިސްނުންތަކުގެ ވެރިން އެއްތަނަކަށް ޖަމާވި މުހިންމު ފޯރަމެކެވެ. މި ކޮންފަރެންސްގައި މަޝްރޫޢުތައް ހިންގުމުގެ ލީޑަރޝިޕާއި، ޑިޖިޓަލް ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ އިތުރުން، ސްޓްރެޓީޖިކް ގުޅުންތަކާއި ނަތީޖާއަށް ބިނާކޮށް ނިންމުންތައް ނިންމުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ތަޖުރިބާ ހިއްސާކޮށްފައިވެއެވެ.
މި ފަދަ މުހިންމު ކޮންފަރެންސެއްގައި ބައިވެރިވުމުގެ ސަބަބުން، އެމްޓީސީސީގެ މަޝްރޫޢުތައް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، މަސައްކަތްތައް ވިލަރެސްކުރުމުގެ ފެންވަރު މަތިކޮށް، ޕްރޮޖެކްޓްތައް އެންމެ އެދެވޭ ގޮތުގައި ފުރިހަމަކުރުމަށް ބޭނުންވާ ޒަމާނީ ޢިލްމާއި ހުނަރުތައް ލިބިފަިއވާ ކަމަށް އެމްޓީސީސީ އިން ވަނީ ހާމަކޮށްފައެެވެ.
އެމްޓީސީސީ އިން ރައްޔިތުންނަށް ފޯރުކޮށްދޭ މަޝްރޫޢުތަކަކީ ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި އަދި ހެޔޮ ނަތީޖާ ނެރެދެނިވި މަސައްކަތްތަކަކަށް ހެދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.